ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަޤާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަނުކޮށްފިއެވެ.

ޖިހާދަކީ ރައީސް މައުމޫނުގެ ވެރިކަމުގައި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމާއި، ޑރ. ވަހީދުގެ ވެރިކަމާއި ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ގާސިމްގެ ޚާއްސަ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޖިހާދު ހަމަޖައްސަވައި އެކަން އިއުލާނުކުރެއްވީ ރޭ ބޭއްވި މްހޫރީ ޕާޓީގެ ހަތަރުވަނަ ޤައުމީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައެވެ.

ޖިހާދުގެ އިތުރުން އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގެމަނަފުށި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދާއި، ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ އިތުރުން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *