ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހިމް ރިޒާ އަވަހާރަވުމާއި ގުޅިގެން އެބޭފުޅާގެ ހަނދާނުގައި ސުކޫތެއް ގެނެސްފިއެވެ.

ސުކޫތު ގެނައީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ އިދާރާގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލާފައިވާކަންވެސް އިއުލާންކުރައްވާފައެވެ. ތިން ދުވަހަށް މި ދަފްތަރު ހުޅުވާލުމަށް ނިންމާފައިވާއިރު އާންމު ރައްޔިތުންނަށްވެސް މި ދަފްތަރުގައި ސޮއިކުރެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޒާ އަވަހާރަވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ރިޒާވަނީ މީގެ ކުރިން ދުބާއީގައި ކެންސަރަށް ފަރުވާ ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޕީޕީއެމަށް ނިސްބަތްވާ މަޖިލީސް މެންބަރު ރިޒާ އަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމާއި ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެވެ.

ޤާނޫނީ ވަކީލެއް ކަމުގައިވާ ރިޒާ ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހާ މިހާރު މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކ. ގުރައިދޫ ދާއިރާ ތަމްސީލުކުރައްވާފައެވެ. އަދި މަޖިލީހުގެ އެކި ކޮމެޓީތަކުގެ މެމްބަރުކަންވެސް ކުރައްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *