އެޗްޑީސީ

ހިޔާ ފްލެޓްތަކަށް އަމާޒުކޮށްގެން އެޗްޑީސީއިން ސާރވޭއެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.

މިސާރވޭ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 27 ފެބްރުއަރީއިން މާޗް 6ވަނަ ދުވަހުގެ ނިޔަލަށެވެ.

މިސާރވޭއަށް މައުލޫމާތު އެއްކުރާނީ އޮންލައިންކޮށް ފޯމެއް ފުރައިގެންނެވެ.

މިސާރވޭގައި މާލީ އެއްވެސް މައުލޫމާތެއް ނުހޯދާނެކަމަށާއި އެހެންކަމުން އެކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވުމަށް އެކުންފުނިން އެދިފައިވެއެވެ.

ފޯމު ފުރުމަށްދާ މުވައްޒަފުން ތިބޭނީ ކާޑު އަޅައިގެން ކަމަށާއި އާމްދަނީ އާއި ހަރަދު އަދި ކޭޝް ކާޑު މައުލޫމާތު ފަދަ އެއްވެސް މައޫލޫމާތެއް ނުހޯދާނެކަމަށް އެކުންފުނިން ބުނެއެވެ.

އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ ގުޅާނީ ކުންފުނީގެ ރަސްމީ ނަމްބަރަކުންކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި ސާރވޭއާއި ގުޅޭ އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާނަމަ ނުވަތަ ޝަކުވާއެއް ކުރުމަށް ބޭނުންވާނަމަ ކޯލް ސެންޓަރު 1516އަށް ގުޅުމަށް އެކުންފުނިން އެދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *