ޖޭޕީގެ ގޮންގްރެސްތެރެއިން، ފޮޓޯ: ދައުރު

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން އެޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންގްރެސްއަށް ހުށައެޅި ގަރާރު މިރޭ ފާސްކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން އެގޮތަށް ނިންމީ، 2023ގެ ރިޔާސީ އިންތިހާބުގައި ޖޭޕީ ވާދަކުރުމަށް ތިނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދު (އަބްޅޯ) އެޕާޓީގެ ހަތަރުވަނަ ކޮންގުރެސްއަށް ހުށަހެޅުއްވި ގަރާރަށް މެމްބަރުންގެ މެެދުގައި ބަހުސް ކުރުމަށް ފަހުގައެވެ. ގަރާރު ފާސްކޮށްފައިވަނީ ގައުމީ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ގަރާރުގައި ބުނެފައިވަނީ، މިދިޔަ ހުރިހާ ރިޔާސީ އިންތިހާބެއް ވެސް އެހެން ޕާޓީތަކުން ކާމިޔާބުކޮށްފައިވަނީ ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ތާއީދާއި އެހީތެރިކަމާ އެކު ކަމަށެވެެ. އެއިން ކޮންމެ ފަހަރަކު ވެސް ހަދާ ކޯލިޝަން އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ގޮތަށް އެ ޕާޓީތަކުން އަމަލުކޮށްފައި ނުވާކަން ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަ ކުރަން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދައި ކޯލިޝަނަކުން ވާދަ ކުރުމަށް ކޮންގުރެސް އަށް ހުށައަޅާ ކަމަށް އެގަރާރުގައިވެއެވެ.

ރިޔާސީ އިންތިހާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ކޮންފަރެންސް އިން އިންތިހާބުކުރާ އާ ކައުންސިލުން، ފަހުގެ ތާރީހެއްގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *