4 ނޭޝަންސް ކަޕް، ވޮލީބޯޅަ މުބާރާތުގައި ހޮނިހިރުދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި 3-0 އިން އަފްޣާނިސްތާނު އަތުން ރާއްޖެ ބަލިވެއްޖެއެވެ.
ރޭގެ މެޗުގައި އަފްޣާނިސްތާނުން ސެޓުތައް ގެންދިޔައީ 26-24، 25-21 އަދި 25-22 އިން ނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދާ މި މުބާރާތުގައި ދެން ރާއްޖޭގެ ފިރިހެން ޤައުމީ ޓީމު ނިކުންނަން ޖެހޭނީ ސެމީ ފައިނަލްގައި މެލޭޝިއާ އާއި ދެކޮޅަށެވެ.
އަފްޣާނިސްތާނު ނިކުންނަން ޖެހޭނީ ސެމީ ފައިނަލްގައި ނިކުންނާނީ ސިންގަޕޫރާއި ދެކޮޅަށެވެ.
ރޭގެ މެޗުގައި ރާއްޖޭ ޓީމު ބަލިވުމުން ރާއްޖެ މިހާރު އޮތީ ލީގުބުރުގެ ދެވަނައިގައެވެ.
މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލި ނުވެ ސެމީއާއި ހަމައަށް ދިޔަ އަފްޣާނިސްތާނަށް ލީގު ބުރުގެ އެއްވަނަ ކަށަވަރު ކުރުމަށް ސިންގަޕޫރާއި ދެކޮޅަށް ނިކުންނަ މެޗު ކާމިޔާބު ކުރަން ޖެހޭނެއެވެ.