ކަރަބާއޯ ކަޕްގެ ފޯރިގަދަ ފައިނަލް މެޗް މީޑިއާނެޓުން  ބަލައިލެވޭނެ ކަމުގެ އުފާވެރި ހަބަރު މީޑިއާނެޓުން ދީފިއެވެ.

މީޑިއާނެޓުން  ބުނީ، އިނގިރޭސި ލީގް ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ފޯރިގަދަ ފައިނަލް މެޗު ދިވެހިންނަށް ބަލައިލުމުގެ  ފުރުސަތު މީޑިއާނެޓުން ފަހިކޮށްދޭނެ ކަމަށާއި އެ މެޗް  ހަމައެކަނި ދައްކާނީ މީޑިއާނެޓުން ކަމަށެވެ.

މިމަހުގެ  26 ވާ އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑް  ބައްދަލުކުރާ އެ މެޗް، ދިވެހިންނަށް ލައިވްކޮށް ޓީވީ އަދި މީޑިއާނެޓުގެ ފޯނު އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ބަލާލެވޭނެ  ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރުން،  މީޑިއާނެޓުން  ބުނެފައިވަނީ،  އެ ފޯރިގަދަ މެޗު ދިވެހިންނާއި ހަމައަށް ގެނެސްދޭއިރު އިތުރު ފުޓުބޯޅަ މުބާރާތްތަކުގެ މުހިއްމު މެޗުތައް މިފަހަރު އައިސްގެ ޗެނަލްތައް މެދުވެރިކޮށް ފެނިގެންދާނެ  ކަމަށެވެ. އެގޮތުން ސްޕެނިޝް ކޮޕަ ޑެލްރޭ ސެމީ ފައިނަލް އަދި ފައިނަލް މެޗުވެސް މިފަހަރު މީޑިއާނެޓު ކަސްޓަމަރުންނަށް ލައިވްކޮށް ޓީވީ އަދި ފޯނުން އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ  ކަމަށްވެސް  ބުނެފައިވެއެވެ.

ކަރަބާއޯ ކަޕްއަކީ 1960 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޒަމާންވީ ފުޓުބޯޅަ މުބާރާތެކެވެ. ޕްރިމިއަރ ލީގު އަދި އެފް އޭ ކަޕާއެކު އިނގިރޭސި ފުޓުބޯޅައިގެ އެންމެ ބޮޑު ތިން މުބާރާތްތެރޭގައި ހިމެނޭ ކަރބާއޯ ކަޕަކީ ޖުމްލަ 92 ޓީމު ނޮކްއައުޓް އުސޫލުން ވާދަކުރާ މުބާރާތެކެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *