މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން  އެއަރ ޓްރެފިކް ކޮންޓްރޯލް ލައިސެންސިންގް ގެ ދެ ކޯސް ފަށައިފިއެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ، އެ ކުންފުނިން ވަނީ އެއަރ  ޓްރެފިކް ކޮންޓްރޯލް ލައިސެންސިންގް ގެ ދެ ކޯސް މިހިނގާ  ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ފަށާފައި ކަމަށެވެ. އެ ދެކޯސް  ނިމޭނީ އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

އެގޮތުން އެ ކޯހުގައި  12 ދަރިވަރުން ބައިވެރިވެފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެދެ ކޯހުގައި  ވެސް ކިޔަވައިދޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ، އެ ދާއިރާގެ  ތަޖުރިބާކާރުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

2021 ވަނަ އަހަރު އެމްއޭސީއެލް އިން ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ގާއިމުކުރި އެއަރ ޓްރެފިކް ކޮންޓްރޯލު ޓަވަރަކީ ރާއްޖޭގައި ގާއިމުކުރެވުނު އެފަދަ ފުރަތަމަ   ޓަވަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *