ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއެކު. ފޮޓޯ: ރައީސް އޮފީސް

ކޯލިޝަން އަދި މިއަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ  އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސް އިބްރާހިމް  މުހައްމަދު ޞާލިހް އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް  ގައްޔޫމް ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

އެގޮތުން، ރައީސް މައުމޫނު އަށް ކޯލިޝަނުން ކުރެވުނު  ތަޖުރިބާ ހިއްސާކުރެއްވުމަށާއި، އަދި ރިޔާސީ އިންތިހާބާއި  ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އެމްއާރުއެމް އިން ވަނީ  ރައީސް ޞާލިހްއާއި ބައްދަލުކުރެއްވުމަށް ބޭނުންފުޅުވާކަން  ހާމަކޮށް ސިޓީއެއް ފޮނުވައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހަށް ފޮނުވި  ސިޓީގައި އެމްއާރުއެމްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫނެވެ .

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި އެކު ކޯލިޝަން  ހަދައިގެން އެކުގައި ކުރިއަށް ދިއުމަށް ރައީސް ޞާލިހް ދައުވަތު  ދެއްވި ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެއެވެ.

އެގޮތުން، އެމްއާރުއެމް އިން ރައީސް ޞާލިހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އަމިއްލަ ދަތުރުފުޅެއްގައި ރައީސް މައުމޫން މިވަގުތު ހުންނެވީ މެލޭޝިއާގައިކަމުން، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން އެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *