ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވެއްޖެއެވެ.

ރިޒާ އަވަހާރަވީ މެލޭޝިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. ރިޒާވަނީ މީގެ ކުރިން ދުބާއީގައި ކެންސަރަށް ފަރުވާ ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޕީޕީއެމަށް ނިސްބަތްވާ މަޖިލީސް މެންބަރު ރިޒާ އަކީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ  މެންބަރު ކަމާއި ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެވެ.

ޤާނޫނީ ވަކީލެއް ކަމުގައިވާ ރިޒާ ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހާ މިހާރު މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކ. ގުރައިދޫ ދާއިރާ ތަމްސީލުކުރައްވާފައެވެ.

ރިޒާ އަވަހާރަވުމާއި ގުޅިގެން މަޖިލީސް މެންބަރުންނާއި ޕީޕީއެމް/ޕީއެންސީ ގެ މެންބަރުން އަދި ސިޔާސީ އިސްވެރިން އަންނަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.

މީގެ ކުރިން ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދުވެސް ވަނީ ކެންސަރު ބަލީގައި އަވަހާރަވެފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *