ދަރިއެއް ލިބުނު ފަހުން، މަސައްކަތް ކުރަން ވެސް ދާހިތްނުވާ ކަމަށާއި އަބަދުވެސް ބޭނުންވަނީ ދަރިފުޅު ގާތުގައި ހުންނަން ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލް ރަންބީރު ކަޕޫރު ބުނެފިއެވެ.

އާލިއާ ބަޓް އަދި ރަންބީރު ކަޕޫރަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހެވެ. ދާދިފަހުން، ރަންބީރުގެ ކުރިއަށް އޮތް ފިލްމު "ތޫ ޖޫޓީ މޭ މައްކާރު" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި، އޭނާ ވަނީ ދަރިފުޅު ރަހާ ކަޕޫރް އާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާ މިންވަރު ކިޔައިދީފައެވެ.

ރަންބީރު ބުނީ މިހާރު އޭނާގެ އުމުރު ދެބައި ވެއްޖެ ކަމަށާއި، ދިރިއުޅުމުގައި އަލަށް ކުރާކަށް މާގިނަ ކަންކަމެއް ނެތް ކަމަށެވެ. އޭނާ އަށް މިހާރު ކައިވެނިވެސް ކުރެވިއްޖެ ކަމަށާއި އަނބިމީހާ ދެކެ ވަރަށް ލޯބިވާ ކަމަށް ބުންނެވެ. އެހެންނަމަވެސް ދަރިފުޅު ރަހާ ލިބުނު ހިސާބުން، ކުރިން ނުކުރެވޭ އާ އިހްސާސްތަކެއް ކުރެވުނު ކަމަށްވެސް ރަންބީރު ބުންޏެވެ.

ރަންބީރު އިތުރަށް ބުނީ، ދިރިއުޅުމުގެ މީގެކުރިން ދުވަހަކުވެސް އިހްސާސް ނުކުރެވޭފަދަ އުފާވެރިކަމެއް ދަރިފުޅު ރަހާ ލިބުމުން އިހްސާސްވި ކަމަށެވެ. އެގޮތުން މިހާރު އެއްވެސް ވަރަކަށް މަސައްކަތުވެސް ދާހިތްނުވާ ކަމަށާއި އަބަދުވެސް ބޭނުންވަނީ ދަރިފުޅު ރަހާ އާއިއެކު ވަގުތު ހޭދަކުރަން ގޭގައި މަޑުކުރަން ކަމަށެވެ. އެހެންނަމަވެސް، އެއްވެސް މަސައްކަތެއް ނުކޮށް އަބަދު ގޭގައި ދަރިފުޅު ގާތުގައި ވެސް ހުރެވެން ނެތް ކަމަށް ރަންބީރު ބުންޏެވެ.

އާލިއާ އަދި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކައިވެނި ކުރީ މިިދިޔަ އަހަރުގެ އޭޕްރީލް މަހުގެއެވެ. އެދެތަރިން އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައިވަނީ ފިލްމު "ބްރަމަސްތުރަ" އިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *