މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް

އިލެކްޓްރޯނިކް ހެކި ހޯދުމަށް 24 ގަޑިއިރު މަސައްކަތްކުރާ ނެޓްވޯކެއް އުފެއްދުމަށް، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.

މި ބިލުގައިވަނީ ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ކޮމްޕިއުޓަ ޑޭޓާއާއި ގުޅޭ ކުށަކާއި، ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ އެނޫންވެސް ކުށަކާއި ގުޅިގެން ހިންގާ ޖިނާއީ ތަހުޤީގުތަކާއި ޝަރީއަތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަފުތާގެ ހަތް ދުވަހު، ކޮންމެ ދުވަހެއްގައިވެސް 24 ގަޑިއިރު މަސައްކަތްކުރާ ނެޓްވޯކެއް ގާއިމް ކޮށްފައި ހުންނަޖެހޭނެ ކަމަށެވެ.

ހައިތަމް ހުށަހެޅުއްވި ބިލްގައި ބުނެފައިވަނީ ބޭރު ގައުމަކާއެކު ނުވަތަ ބޭރުގެ އެޖެންސީއަކާއެކު ނުވަތަ 24/7 ނެޓްވާކް އަކާއެކު ނުވަތަ ބައިނަލްއަޤްވާމީ އެޖެންސީއަކާ އެކު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މަސައްކަތް ކުރެވިދާނެ  ކަމަށެވެ.

މި ބިލުގައި ވަނީ ބޭރުގައުމެއްގެ ހުއްދަ ހޯދުމަކާއި ނުލައިވެސް ކޮމްޕިއުޓަރ ޑޭޓާ ހާމަކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތެއްގެ ރުހުމާއި އެކު ޖިނާއީ ތަހްޤީގް ހިނގުމުގެ ބާރު އޮތް އިދާރާއަކަށް ރާއްޖޭގައި ހުރި ކޮމްޕިއުޓަ ސިސްޓަމެއް މެދުވެރިކޮށް ރާއްޖޭން ބޭރުގައި ހުރި ސިސްޓަމެއްގައި ރައްކާކޮށްފައިވާ ޑޭޓާ ލިބިގަނެވޭނެ ކަމަށެވެ.

މީގެއިތުރުން އެ ނެޓްވޯކު ޤާއިމް ކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ކަމަށާއި، އެ ނެޓްވޯކުން ބޭރުގެ އެކި ފަރާތްތަކާއި މުއާމަލާތް ކޮށްގެން އިލެކްޓްރޯނިކް ހެކި ހޯދުމުގެ ކަންތައްތައްވެސް ކުރިއަށް ގެންދެވޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *