އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީ ކާޑު ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންކުރާ އީފާސް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެންޑްރޮއިޑް ޑިވައިސް މެދުވެރިކޮށް 500 މީހަކަށް ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ ފުރުސަތު ދޭން އެންސީއައިޓީން ނިންމާފައިވާ ކަމަށެވެ. އެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ އެކަމަށް އެދޭ މީހުންގެ ތަރުތީބުންނެވެ.

ޑިޖިޓަލް އައިޑީ ކާޑު ޓެސްޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެއް ފަހަރާއި ގިނަ ބަޔަކު މި ހިދުމަތް ބޭނުން ކުރަން ފެށުމުން އަންނާނެ ބަދަލުތައް ދެނެގަނެ ރަނގަޅުކުރަންޖެހޭ ކަންކަން ދެނެގަތުމަށެވެ.

އީފާސް މެދުވެރިކޮށް މިހާރުވެސް 180 މީހަކަށް ޑިޖިޓަލް އައިޑީ  ކާޑު ތަޖުރިބާކުރުމުގެ ފުރުސަތު ދީފައިވެއެވެ.

ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން އީފާސް މެދުވެރިކޮށް އެހެނިހެން މައުލޫމާތުތައްވެސް ފެންނަ ގޮތް ހެދުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޓެކްނޮލޮޖީ މިނިސްޓްރީން މަސައްކަތް ކުރެއެވެ.

ޑިޖިޓަލް އައިޑީކާޑުގެ ހިދުމަތާއި އެކު އަތުގައި އައިޑީ ކާޑު ޕްރިންކޮށްގެން ގެންގުޅުމުގެ ބަދަލުގައި ޑިޖިޓަލް އައިޑީ ކާޑް ބޭނުންކޮށްގެން ހުރިހާ ހިދުމަތެއްވެސް ހޯދޭނެއެވެ. އެހެންނަމަވެސް ބޭނުންވާ ފަރާތްތަކަށް ޕްރިންޓްކޮށްފައިވާ އައިޑީ ކާޑުވެސް ފޯރުކޮށްދޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *