ތ.ހިރިލަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޒު ޢަބްދުﷲ ޙުސައިން ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމަށް ބަދަލުކުރަން ނިންމައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނީ މިއަދު ފެށިގެން މެޖިސްޓްރޭޓް ޢަބްދުﷲ ޙުސައިން ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.