ފުލުހުންގެ ކާރު މަޖީދީމަގުން ދަނީ

މާލޭގެ ގެސްޓް ހައުސްއެއްގައި ހަށިވިއްކަން ތިބި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ހަށިވިއްކާ ކަމުގެ ތުހުމަތުގައި 4 މީހުން ވެސް ހައްޔަރުކުރީ "ރޯޅި ގެސްޓް ހައުސް" އިން ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި، ބިދޭސީ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މިހާއާއި ބިދޭސީ އަންހެން މީހަކު ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަން ތިއްބާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *