އައު އުފެއްދުންތައް ބާޒާރަށް

ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ޑިރެކްޓަރ ސޭލްސް، ޓަރުން ޖައިން އެވެ.

އައު އުފެއްދުންތައް ބާޒާރަށް

ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗަރ ތަކާއެކު އުފައްދާފައިވާ ފްރިޖާއި ދޮންނަ މެޝިނާއި މައިކްރޯވޭވް އަވަން އަދި ޗެސްޓް ފްރީޒަރ ހިމެނެއެވެ.

އެސްޓީއޯއިން އައު އުފެއްދުންތަކެއް ބާޒާރަށް ތައާރަފްކޮށްފައިވާއިރު ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަންތަކެއް މިހާރުވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައާއި މަކިޓާ ޝޯރޫމް އަދި ނިޕޯން ޝޯރޫމްގައި މިޕްރޮމޯޝަންތައް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *