ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް އެރުވުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ރަސްމީކޮށް އެޕާޓީން އަރުވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވީ މިކަމަށްޓަކައި ޚާއްސަކޮށްގެން މިރޭ ކާނިވަލުގައި ކުރިއަށްދާ ޚާއްސަ ޖަލްސާގައި ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އެވެ.

މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި، އެ ޕާޓީގެ އެކި މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުރުން، އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމަށާއި، އަލުން އެމްޑީޕީ މަގުމަތި ނުވުމަށް އެމްޑީޕީއަށް ވެރިކަން ލިބުން މުހިންމު ކަމަށެވެ. އަދި 2023 ގައި ރިޔާސީ އިންތިހާބު އެންމެ ފަސޭހައިން ކާމިޔާބު ކުރެއްވޭނީވެސް ރައީސް ސޯލިހަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *