ޕީޕީއެމްގެ ސަރުކާރުން ދިވެހި ދައުލަތުގެ ހުރިހާ ސިފައެއް ވަނީ ގެއްލުވާލާފައި ކަމަށާ، އެ ސިފަތައް އަނބުރާ ގެނެސް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ފޮރިން މިނިސްޓަރ އަބްﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ހަވާލުކުރުމަށް ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވާހަކަފުޅު ފަށްޓަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ނިކުމެ މިތިބީ ގައުމަށް އައި މިނިވަން ނޫރާނީ، ދައުރުން ހަނދާންތައް އާ ކުރުމަށް ކަމަށާ ހަނދާން އާކުރަނީ ދައުލަތެއްގެ ސިފަ ޖެހެމުންދާ ދިއުން ކަމަށެވެ.
ހަނދުމަފުޅު ކުރައްވާ، އަޅުގަނޑުމެން ހަނދާން އާކުރަންޖެހޭ. ހަނދުމަފުޅުކުރައްވާ. މީގެކުރިން ރާއްޖޭގައި ވެރިކަން ކުރި ޕީޕީއެމްގެ އަނިޔާވެރި ޖައްބާރު ވެރިކަމުގައި މުޅި ދައުލަތުގެ ހުރހާ ސިފައެއް ކަނޑާލި."
ޝާހިދު ވަނީ ޕީޕީއެމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ އިދިކޮޅު ބައެއް މެމްބަރުން، މެމްބަރުކަމުން ވަކިވެއްޖެ ކަމަށް ނިންމާ އަދި މަޖިލިހުގެ ތަޅުމުން ދަމާ ނެރެ ބޮޑު ކަންނެލި އުކާހެން މަޖިލިހުގެ ގޭޓުމަތިން އުކާލައި ދިފާއީ ބާރުގެ ދަށަށް މަޖިލިސް ގެނައި ހަނދާންތައް އާ ކުރައްވާ އެހަނދާތައް ހަނދުމަކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ އަނިޔާވެރިކަން ކަމުގައި ވިދާޅުވެ ޝާހިދު ވަނީ އެއީ ދައުލަތް ޚަރާބުކޮށްލުން ކަމުގައި ވިދާޅުވެފައެވެ.
އަޅުގަނޑުމެންގެ މި މިނިވަން ނޫރާނީ ދައުރުގައި ރައްޔިތުންގެ މަޖިލިހަށް ދައުލަރުގެ މުއައްސަސާއެއްގެ ސިފަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެނެސްދެއްވައިފި"
ފަނޑިޔާރު ގޭގެ ފުރާޅުން ޓިނު ނަގައި، ބޮޑު ފަނޑިޔާރާއި ދެންތިބި ފަނޑިޔާރުން ނަގާ ގެންގޮސް ކުޑަގޮޅިއަށްލައި ބަނޑު ބިންމަތީގައި ޖެއްސީ ކުރީގެ އަނިޔާވެރި ސަރުކާރުންކަން ފާހަގަކުރައްވާ ފަނޑިޔާރު ގެއަށް މިނިވަންކަން ގެނެސްދިނީ ރައީސް ސޯލިހްގެ ސަރުކާރުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހްގެ ފަހަތްޕުޅުގައި ތިއްބެވީ އެ ސަސަބުތަކަށްޓަކައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ދެކެވަޑައިގަންނަވާ، ޕީޖީ ލީޑަރެއް އަޅުގަނޑުމެންގެ އެބަ ހުންނެވި، ޕްރޮސެކިއުޓަރ ޖެނެރަލެއް އިރުއިރުކޮޅާ ވަކި ނުކުރޭ، ކޮމިޝަނަރ އޮފް ޕޮލިސް އާއި މޯލްޑިވްސް ޑިފެންސް ފޯސްއެއް އެބަ ހުންނެވި، ޑިފެންސް މިނިސްޓަރެއް އެބަ ހުންނެވި، އިރުއިރުކޮޅާ ވައްކެއް ނުކުރައްވާ. ނައިބް ރައީސެއް،
ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް ވެސް އެބަހުންނެވިކަން ފާހަގަކުރައްވާ އެމަނިކުފާނުވެއް ކަނޑާ އެއްލާލާ މުޅި ދައުލަތް ޚަރާބުކޮށްލުމުގެ ބޭނުމުގައި މިލިޓަރީ ވެރިކަން ހިންގުމުގެ ބޭނުމުގައި އިމަރޖެންސީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުހިންގަވާ ކަމަށް ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ އެބޭފުޅުން ނިކުމެ ތިއްބެވީ މިވަން ދައުލަތެއް ގާއިމް ކުރުމަށް ކަމަށް ވިދާޅުވިއެވެ.