ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު އަކްރަމް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ހަތް ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

ޖުޑިޝަލްސާވިސް ކޮމިޝަން (ޖޭއެސްއީ) އިން މިއަދު ބުނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއްގައި މެޖިސްޓްރޭޓް އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ހުލާސާ ރިޕޯޓެއް ދައުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމުން، އެ ހުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް 2020 ފެބްރުއަރީ 19 ގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހައިކޯޓަށް ފޮނުވާފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ހުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ހުލާސާ ރިޕޯޓެއްކަމަށެވެ.

މިއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމަށް ބަދަލު ގެނެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަނާޅާ ލިޔުމެއް، އެ އޮފީހުން ހުށަހެޅި ލިޔުމެއްގެ ގޮތުގައި ރާއްޖޭގެ ހައިކޯޓަށް ފޮނުވުމާއި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ހުށަހެޅި ލިޔުމެއް ހައިކޯޓަށް ނުފޮނުވާ ބޭއްވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ލިޔެކިޔުމަށް ބަދަލުގެނަސް ހަގީގަތް އޮޅުވާލުންކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

އެހެންކަމުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް މެޖިސްޓްރޭޓް އަކްރަމް މިއަދުން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން ހަތް ދުވަހަށް މަނާކުރުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *