ސިދާތު މަލްހޯތުރާ އަދި ކިއާރާ އަދްވާނީ، މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރު އާއިއެކު ތުރީ ފިލްމު ޑީލެއްގައި ސޮއި ކޮށްފައިވާ ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކުގައި ފަތުރާފައިވާ ހަބަރުތައް ކަރަން ދޮގުކޮށްފިއެވެ.

މިމަހުގެ 7 ވަނަ ދުވަހު، ސިދާތު އަދި ކިއާރާ ކައިވެނި ކުރުމާއިއެކު މިދުވަސްކޮޅު އެންމެ ގަދައަށް ހިނގާ ވާހަކަތަކަކީ އެދެތަރިންގެ ވާހަކަތަކެވެ. ސިދާތު އަދި ކިއާރާ، ކަރަން ޖޯހަރު އާއިއެކު ތުރީ ފިލްމު ޑީލެއްގައި ސޮއި ކޮށްފައިވާ ކަމަށް އިއްޔެ ވަނީ އިންޑިއާގެ ގިނަ ނޫސްތަކެއްގައި ބުނެފައިއެވެ.

އެހެންނަމަވެސް، "އީ ޓައިމްސް" އިން އެކަމާއި ގުޅިގެން ކަރަން އާއި ސުވާލުކުރުމުން، ސިދާތު އަދި ކިއާރާ އާއިއެކު ތްރީ ފިލްމު ޑީލެއްގައި ސޮއި ނުކުރާ ކަމަށް ކަރަން ވަނީ ބުނެފައެވެ. މީގެއިތުރުން، ކަރަން އާއި ވަރަށް ގާތް މީހަކު ބުނެފައިވާ ގޮތުގައި، ސިދާތު އަދި ކިއާރާ އަކީ ކަރަން ޖޯހަރު އާއި ވަރަށް ގާތް ދެތަރިންނެވެ. އެހެންކަމުން އެމީހުންގެ ގުޅުން ދެމެހެއްޓުމަށް އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރާކަށް ނުޖެހޭނެ ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

ކައިވެނީގެ ކުރިންވެސް ސިދާތު އަދި ކިއާރާ ފިލްމުތަކާއި އަދި ފައިސާ އާއި ގުޅޭ އެއްވެސް ވާހަކައެއް ކަރަން އާއި ނުދައްކާ ކަމަށާއި އެހެންކަމުން މިހާރު ވަކި އެފަދަ މަޝްވަރާތަކެއް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް އެމީހާ ވަނީ ބުނެފައިއެވެ.

ކިއާރާ އަދި ސިދާތު ވަނީ ކަރަން ޖޯހަރުގެ ފިލްމަކުން އެކީގައި ފެނިގެން ގޮސްފައެވެ. އެއީ 2021 ވަނަ އަހަރު ރިލީޒް ކުރެވިގެން ދިޔަ ފިލްމު "ޝޭރްޝާހް" އެވެ. އެ ފިލްމަކީ މިހާތަނަށް ސްކްރީނުން ކިއާރާ އަދި ސިދާތު އެކުގައި ފެނިގެން ދިޔަ ހަމައެކަނި ފިލްމުވެސް މެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *