-- ފޮޓޯ: މިހާރު

ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ދޭން  ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ދޭން ބޭނުންވާ ފާއިޒާ ވެކްސިން މިހާރު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އަދި، މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަނުން އެކުދިންނަށް ވެކްސިން ދިނުމަށް ލަފާދީފައިވާ ކަމަށެވެ.

އެހެންކަމުން އެ އުމުރުފުރައިގެ ކުދިންނަށް ކޮވިޑުން ރައްކާތެރިވުމަށް ފާއިޒާ ވެކްސިން ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެޗްޕީއޭގެ އިއުލާންގައި ބުނެފައިވެއެވެ.

މިހާރު އެ ވެކްސިން މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން، އަތޮޅުތެރޭގެ ހޮސްޕިޓަލް އަދި ހެލްތު ސެންޓަރުތަކުން ވެސް ލިބެން ހުންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން، އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާތަކުގެ ކުދިންނަށް ވެސް ފައިޒާ ވެކްސިން މިހާރު ލިބެން ހުންނާނެ ކަމަށާއި، ވެކްސިން ޑޯޒްތަކާއި ބޫސްޓާ ޑޯޒް ފުރިހަމަނުކޮށް ތިބި މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގައި ފައިޒަރ ވެކްސިން ޖަހާނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން، ދަމަނަވެށީގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *