ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް މިއަދުގެ ޖަލްސާގައި

އައްޑޫ ސިޓީގެ ދެ ރިސޯޓު، ޝަންގްރިއްލާ އަދި ހަންކެޑެ ހުޅުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ހިއްސާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެ ދެ ރިސޯޓުގެ ތަފްސީލް ހޯއްދެވުމަށް މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. މީގެ ކުރިން މިނިސްޓަރ މަޖިލީހުގެ ތަޅުމަށް ހާޒިރުވުމުންވެސް، އައްޑޫ ސިޓީއަށް ނިސްބަތްވާ މެމްބަރުން އެންމެ ގިނައިން ކުރައްވާ ސުވާލަކީ މި ދެ ރިސޯޓާއި ގުޅުންހުރި ސުވާލުތަކެވެ.

ޝަންގްރިއްލާ ހުޅުވޭނެ ތާރިހާކާއި ގުޅޭގޮތުން އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ސުވާލުކުރެއްވުމުން މިނިސްޓަރ ވަނީ މިއަހަރުތެރޭ ހުޅުވާލެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު އުންމީދުކުރިން މިދިޔަ އަހަރުވެސް އޭގެ ކުރީ އަހަރުވެސް ހުޅުވޭނެކަމަށް"

ޝަންގްރިއްލާގެ ކުލި ވަރަށް ބޮޑުތަނުން ކުޑަ ކޮށްދީފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޝަންގްރިއްލާގައިވާ ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް މަސައްކަތްކުރަމުންދާކަމަށާއި އެމަޝްވަރާތައް މިހާރުވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ޝަންގްރިއްލާ

މަޝްވަރާތައް ނިމުނުހާ އަވަހަކަށް ރިސޯޓު ހުޅުވާލެވޭނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަންކެޑެއާއި ގުޅޭގޮތުން އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ސުވާލުކުރެއްވުމުން މިނިސްޓަރ ވަނީ ހަންކެޑެ ވަކިން ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ފައިނޭންސް ހޯދުމަށް އިއުލާންކޮށްފައިވާކަމަށެވެ.

ހަންކެޑެ 

ރިޔާސީ ޕްރިއިމަރީގެ ކެމްޕެއިންގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝަންގްރިއްލާ މިއަހަރުގެ އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ހުޅުވޭނެކަމަށެވެ. ހަންކެޑެގެ އަމަލީ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންއަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް 236 ހެކްޓަރު ބިން ބޮޑުކޮށް 5 ރިސޯޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، 8000 އެނދު އައްޑޫ ސިޓީއަށް ގެނައުމަށްވީ ވައުދު ފުދެމުންދާތަން ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *