ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ޕާލިމަންޓްރީ ގްރޫޕްގެ ނިންމުންތައް ނިންމަނީ އަމިއްލައަށް ފެންނަ ގޮތަކަށް ނޫންކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ތަޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައާއި ދެކޮޅަށް ވޯޓުދިނުމަށް ތްރީ ލައިން ވިޕްއެއް ނެރުއްވާފައިވާކަމަށް ވިދާޅުވެފައިވާތީ މެމްބަރު އަސްލަމް ވަނީ ރައްދު ދެއްވާފައެވެ.

އަސްލަމް ވިދާޅުވީ ޕީޖީ ގްރޫޕްގެ ނިންމުންތައް ނިންމަނީ އަމިއްލައަށް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިއަދު ހެނދުނު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމަށްވެސް ބައެއް މެމްބަރުން ހާޒިރުވެވަޑައިގެންފައިނުވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެބޭފުޅުންގެ މަޝްވަރާވެސް ލިބިފައިނުވާކަމަށާއި ޕީޖީ ގްރޫޕްގެ ނިންމުންތައް ނިންމަނީ މަޝްވަރާއާއެކުކަމަށް ވިދާޅުވިއެވެ.

"ކުއްލި މައްސަލައާއި ދެކޮޅަށް ވޯޓު ދިނުމަށް ނިންމީ ޕީޖީގެ ރުހުމާއި ނުލައި ހުށަހެޅި މައްސަލައަކަށް ވާތީ. އޭގެ އިތުރަށް މިމައްސަލައިގަ ދެ ތުހުމަތެއް އެބަވޭ. އެއް ތުހުމަތަކީ ޑްރަގް ޓްރެފިކްކުރުމަށް ސަރުކާރުން ޖާގަ ދެނީކަމަށް ބުނުން، އަނެއް ކަމަކީ ގާނޫނާއި ހިލާފަށް ހެދި ގަވާއިދެއް ކަމަށް ބުނުން. ގާނޫނާއި ހިލާފަށް ހެދި ގަވާއިދެއްނަމަ އެކަމާއި ދެން ޗެލެންޖްކުރާނީ ކޯޓުގައި"

ރައްޔިތުންގެ މަޖިލީހަށް ޖާގަ ލިބިގެންވަނީ އާންމު ގަވާއިދުތަކާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާފައިވާ ގަވާއިދުތަކަށް ބަދަލުގެނައުމަށްކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާނޫނާއި ހިލާފް ގަވާއިދެއް ހަދާފައިވާކަމަށް ޕީޖީއިން ދެކިނުލައްވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަސްތުވާތަކެއްޗާއެކު އަންނަ ބިދޭސީން ގައުމަށް ފޮނުވާލުމަށް ނިންމީ ސަބަބުތަކަކާއެކު ކަމަށެވެ. މިގޮތަށް އަންނަ މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި ކެންސަރު އަދި އެއިޑްސް ފަދަ ބަލިތަކާއެކު އުޅެމުން އަންނަ މީހުންވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. މިއީ ވަރަށް ބަލި، ނިކަމެތި މީހުން ބޭނުންކޮށްގެން ކުރަމުން އަންނަ ކަމެއްކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމްގެ ވާހަކަފުޅުގައި ވޭތުވެދިޔަ ހަތަރު އަހަރުތެރޭ 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި 1.8 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *