ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ބޭރު ގައުމުތަކަށް ދާ ދިވެހިންނަށް ރައްކާތެރިކަން ނެތްކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

މައްސަލަ މަޖިލީހަށް ހުށަހެޅުއްވިނަމަވެސް މަޖިލީހުގައި މިއަދަށް އެޖެންޑާކުރީ ގުރުއަތު ނެގުމަށްފަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށައެޅުއްވި ކުއްލި މައްސަލައެވެ. ޝިޔާމްގެ ކުއްލި މައްސަލަ މާދަމާއަށް ތާވަލްކުރެވޭނެއެވެ.

ޝިޔާމްގެ ކުއްލި މައްސަލަ ހުށަހަޅުއްވާފައި މިވަނީ އިދިކޮޅު މައި ޕާޓީ، ޕާޕީއެމްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަބްދުއްސަމަދު އިންޑިޔާއިން ހިފަހައްޓައި ޑީޕޯޓްކޮށްލި މައްސަލައާއި ގުޅިގެންކަމަށް ބެލެވެއެވެ. އަބްދުއްސަމަދަކީ އިންޑިޔާ އައުޓް ހަރަކާތްތަކާއި އެއްވުންތަކުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާއަކީ އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއިި ދެކޮޅަށް އަޑު އުފުލާ މީހަކަށް ވާތީކަމަށް އިދިކޮޅު ކޯލިޝަނުން ދެކެއެވެ.

ޝިޔާމް ވަނީ އޭނާ ހިފެހެއްޓުމަށްފަހު އާއިލާއަށްވެސް ވާނުވާ ނޭނގި އެތައް އިރެއް ވަންދެން ތިބެންޖެހުންކަމަށެވެ. އަދި މި ސަރުކާރުގެ ވަރުގަދަ ޚާރިޖީ ސިޔާސަތުތަކާއި ގުޅުންތަކުގެ ސަބަބުން ދިމާވަނީ މިފަދަ ކަންކަމާތޯ މެމްބަރު ސުވާލުކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *