މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ

ޒަކާތު ފަންޑުން ދައުލަތް ހިންގުމަށް ހަރަދުނުކުރާކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރާއި ސުވާލުކުރެއްވުމަށް މިއަދު މަޖިލީހަށް ހާޒިރުކުރެއްވުމުން އިތުރު ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ޒަކާތު ފަންޑުން ދައުލަތް ހިންގުމަށް ހަރަދުކުރަމުންދޭތޯ ސުވާލުކުރައްވާފައެވެ.

ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މުޖުތަމައުގައި ހިމެނޭ ނިކަމެތި ފަގީރުންނަށް ހަރަދުތަކެއް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ހަރަދު ހިންގުމަށް އެއްވެސް މިންވަރެއް ޒަކާތު ފަންޑުން ދީފައިނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޯން މެރޯ ހެދުމަށް ތެލަސީމިޔާ ޕޭޝަންޓުން ބޭރަށް ފޮނުވުމަށް ކުރިއަށްދާ ޕްރޮގްރާމް އަދިވެސް ކުރިއަށްދޭތޯ ޝިޔާމް ސުވާލުކުރެއްވުމުން މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުގައިވެސް އެކަން ކުރި ގޮތަށް މިހާރުވެސް އެކަން ކުރިއަށްދާ ކަމަށެވެ.

"މިހާރުވެސް އެޕްރޮގްރާމް ކުރިއަށްދޭ، ޒަކާތު ފަންޑުން ދޭން ޖެހޭ އެހީތެރިކަން ދޭ"

މިނިސްޓަރ ވިދާޅުވީ ބްލަޑް ސަރވިސްއިން ޒަކާތު ފަންޑުގެ އެހީއަށް އެދުމުން އެކަން އަދިވެސް ހަމަޖައްސައިދެމުން ދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *