ކޮވިޑް19 ގެ ބަލިމަޑުކަމަށްފަހު ޗައިނާގެ ބޯޑަރު ހުޅުވާލުމުން އެގައުމުގެ އެހީގެ ޓީމުތައް އެންމެ ފުރަތަމަ ޒިޔާރަތް ކުރީ ދިވެހިރާއްޖެ ކަމަށާއި، މިކަމުން ދޭހަވަނީ ޗައިނާއިން ރާއްޖޭއާއި މެދު ދެކޭ ގާތްކަން ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު  ވަން ލީޝިން މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ އެންޑީ އަބްދުالله އަބްދުލްޙަކީމް އޮޕްތަލްމޮލޮޖީ ސެންޓަރުގައި ހުނަރާއި ޚިދުމަތްތައް މިހާރަށްވުރެ އިތުރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ ޕްރޮގްރާމް އިފްޠިތާޙުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސަފީރު ވިދާޅުވީ ޗައިނާގެ ޖާންގްޝާން އޮފްތަލްމިކް ސެންޓަރުން  ރާއްޖެ ވަޑައިގެން އުޅުއްވާ  ލޮލުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލްގެ ލޮލުގެ ބަލިތަކާއި ބެހޭ ޑިޕާޓްމެންޓްގެ މެޑިކަލް އޮފިސަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ޓީމުން މުވައްޒަފުން ތަމްރީނު ކުރުމަށް ރާއްޖޭގައި 6 މަސްދުވަސް ހޭދަކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނަށް ޗައިނާގައި ތަމްރީނުތައް ދެވޭނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލަށް މިހާރުން މިހާރަށް ބޭނުންވާ  ތަކެތިވެސް ޗައިނާއިން ރާއްޖެއައި ޓީމުން ހަދިޔާކޮށްފައިވާކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާ ސަރުކާރުގެ ސިޔާސަތަކީ ޗައިނާގެ ޑޮކްޓަރުން ގައުމުތަކަށް ފޮނުވައިގެން ސިއްހީ ހިދުމަތްތައް ދިނުން އެކަނި ނޫންކަމަށާއި،  ސިއްހީ ހިދުމަތްތެރިން މެދުވެރިކޮށް ޗައިނާއިން ގައުމުތަކާ ދޭތެރޭ އޮންނަ ގުޅުންވެސް ރަނގަޅު ކުރުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *