ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު -- ފޮޓޯ: ރައީސް އޮފީސް

މިމަހުގެ 6ވަނަ ދުވަހު ތުރުކީއާއި ސީރިއާ އަށް އައި ބިން ހެލުމާ ގުޅިގެން އެގައުމުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ބިންހެލުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ތުރުކީ އަދި ސީރިޔާ އަށް އެހީގެ ތަކެތި ފޮނުވަމުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ބިންހެލުމާ ގުޅިގެން ތުރުކީ އަދި ސީރިޔާގެ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ތުރުކީ އާއި ސީރިޔާ އަށް ޖުމްލަ 1 މިލިއަން  (ކޮންމެ ޤައުމަކަށް ފަސް ލައްކަ) މަސްދަޅު ފޮނުވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

ތުރުކީ އަދި ސީރިޔާއަށް އައި ބިންހެލުމުގައި މިހާތަނަށް 21،000އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ރެކްޓަރ މިންގަނޑުން 7.8 ގައި އައި  މި ބިންހެލުމުގެ އަސަރު ބޮޑު ސަރަހައްދަކަށާއި ގިނަ ބަޔަކަށް ކޮށްފައިވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ އަޑިން މީހުން ސަލާމާތްކުރުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުންނެވެ. މިހާތަނަށް 78،000 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *