ހުޅުމާލެ އަދި މާލެ ގުޅައިދޭ ހައިވޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި  އަނިޔާވި  މީހާއަށް  ފަރުވާ  ދެމުން ދަނީ ވެންޓިލޭޓަރުގައެވެ.

އައިޖީއެމްއެޗުން ބުނީ، އެކްސިޑެންޓްގައި އަނިޔާވި  މީހާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެން މީހާ އަށެވެ.

އިއްޔެ ހިނގި އެ އެކްސިޑެންޓުގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި ކާރުގެ ކުރީ ބައި ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *