އެކްސިޑެންޓްވި ސައިކަލް

ސިނަމާލެ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ އެކެއްގެ ހާލު ސީރިއަސް  ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މި އެކްސިޑެން ހިނގާފައިވަނީ އެސްޔޫވީ ކާރަކާއި ސައިކަލެއް ޖެހިގެން ނެވެ.  އެކްސިޑެންޓްގައި ހާލު ސީރިއަސްވި ފިރިހެނަކަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓްވި ކާރު - ސަން ފޮޓޯ

ފުލުހުން ވިދާޅުވީ ކާރަކާއި ސައިކަލެއް ޖެހިގެން އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލުގެ ބައިތައް ނެއްޓި ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ކާރަށްވެސް ވަނީ ބޮޑަތި ގެއްލުންތަކެއް ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *