ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބިނާވެފައިވާއިރު، ގައުއުމުތަކާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވާ ހެދުމަކީ ކަމުދާކަމެއް ނޫން ކަމަށް ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ އެންމެ މުހިންމު ތަނބަކީ ފަތުރުވެރިކަން ކަމަށްވާއިރު ގައުމުތަކާިއ މެދު އަހްލާގީ މިންގަނޑެއް ބަހައްޓަންޖެހޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ ދުނިޔޭގެ ގައުމުތަކާއި ދިމާއަށް ހިތުހުރި އެއްޗެއް ގޮވާ ހެދުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި، މިރާއްޖެ ވާންޖެހޭނީ ފަތުރުވެރިންނަށް އަބަދުވެސް މަރުހަބާ ކިޔާ އޯގާތެރިކަމާއެކު ހިތްތައް ހުޅުވާލައިގެން ތިބި ބަޔަކަށް ކަމަށެވެ.

ޝާހިދު ވިދާޅުބީ ރާއްޖެ ދުނިޔެއަށް މަޝްހޫރުވެފައިވަނީ މަރުހަބާ ކިއުމުގައި ކަމަށާއި، އެ މަތިވެރި ރަމްޒް އަބަދުވެސް ދެމި އޮންނަންވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ވަކި ބަޔަކާއި ދިމާކޮށްލައިގެން އުޅޭ ބައެއް ކަން ދައްކަން ފަށައިފިނަމަ ފަތުރުވެރިކަމަށް ފާއިތުވި 50 އަހަރު ލިބިފައިވާ ރީތި ނަން ހަރާބުވެގެން ހިނގައިދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *