ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖޭޕީގެ ލީޑަރުގެ ބަދަލުގައި ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ރައީސަކު އައްޔަން ކުރަން އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ޖޭޕީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައިވަނީ، އެ ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅައި އެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ފާސްކޮށްފައެވެ.

ޖޭޕީގެ ލީޑަރުގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ރައީސަކު އައްޔަންކުރަން ހުށަހަޅާފައިވާއިރު، އެ ޕާޓީ ވުޖޫދުވީއްސުރެ ލީޑަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ގާސިމް އިބްރާހިމް އެވެ. ލީޑަރުގެ މަގާމު އުވާލުމުން، ރައީސްގެ މަގާމު ފުރުއްވަން ގާސިމް ބޭނުންފުޅުވާނަމަ އެމަގާމަށް އެމަނިކުފާނުވެސް ޖެހިވަޑައިގަންނަވާނީ ކުރިމަތިލައްވާށެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ އޮންނާނީ މި މަހުގެ 23 ން 26އަށް ދަރުބާރުގޭގައެވެ.

ޕާޓީގެ ގައުމީ ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތްކަމުގައިވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލައި ފުރިހަމަކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *