ތިލަފުށީ ދެވަނަ ފިޔަވަހިން ސިނާޢީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ފުރުސަތު ހުޅުވާލައިފިއެވެ.

ތިލަފުށިން ވިއްކަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާއި ދެމެދުގެ ބިމެވެ. ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ވިއްކުމަށް ހުޅުވާލި ބިންތައް
  • 2500އާއި 4999.99 ދެމެދު އަކަފޫޓުގެ 14 ބިން
  • 5000 އާއި 9،999.99 ދެމެދުގެ އަކަފޫޓުގެ 20 ބިން
  • 10،000 އާއި 14،999.99 ދެމެދުގެ އަކަފޫޓުގެ 7 ބިން
  • 15،000 އާއި 19،999.99 ދެމެދުގެ އަކަފޫޓްގެ 7 ބިން
  • 20،000 އާއި 29،999.99 ދެމެދުގެ އަކަފޫޓްގެ 1 ބިން
  • 30،000 އާއި 35،000 ދެމެދުގެ އަކަފޫޓްގެ 1 ބިން

އެޗްޑީސީން ބުނި ގޮތުގައި، ބީލަމުގެ އުސޫލުން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ޖެހޭނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާށެވެ. ދެވަނަ މަރުހަލާއަކީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބީލަން ހުށަހެޅުމެވެ.

ބިމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް ކުރިމަތިލެވޭނީ އެޗްޑީސީގެ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އެ ޕޯޓަލް އާންމުންނަށް ހުޅުވާލާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހިން ދޫކުރާ މި ބިންތަކަށް ބިޑް ހުށަހަޅަން ޖެހެނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *