ތުރުކީއަށް އިއްޔެ އައި ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން 33 ގަޑިއިރު ފަހުން 4 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ.

މި ކުއްޖާ ސަލާމަތް ކޮށްފައިވަނީ ތުރުކީގެ ދެކުނަށް އައި ބިންހެލުމުގައި ވެއްޓިފައިވާ 3 ބުރީގެ އިމާރާތެއްގެ 1 ވަނަ ފަންގިފިލާއިންނެވެ. ގުލް އިނާލް ނަމަކަށް ކިޔާ މި ކުއްޖާ ފެނުނު އިމާރާތަކީ ހަތޭ ޕްރޮވިންސްގައި ހުރި އިމާރާތެކެވެ.

އެ ކުއްޖާ ސަލާމަތްކުރި ވަގުތު އޭނާގެ އާއިލާގެ މީހުންނަށް ލިބުނު އުފާވެރިކަން ފެންނަ ވީޑިއޯއެއް ދައުރުވަމުންދާއިރު އެ ކުއްޖާ މިހަރު ވަނީ މެޑިކަލް ޓީމާއި ހަވާލުކޮށްފައެވެ.

ތުރުކީ އާއި ސީރިއާއަށް ހޯމަދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވިމިހުންގެ އަދަދުވަނީ 5000 އަށް އަރާފައެވެ.

މި ބިންހެލުމާއި ގުޅިގެން ތުރުކީގެ 10 ޕްރޮވިންސް ހިމެނޭގޮތަށް އެގައުމުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން ވަނީ 3 މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން ގެެއްލުންވީ ސީރިއާއަށް ހަނގުރާމައިގެ ސަބަބުން އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ބައިނަލްއަގްވާމީ އެތައް ގައުމަކުން ވަނީ ތުރުކީއަށް މީހުން ސަލާމަތް ކުރުމާއި މީހުން ހޯދުމާއި މިީހުން ސަލާމަތް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވައުދުވެފައެވެ.

އަދި ސާޗް އެންޑް ރެސްކިއު ޓީމްތަކާއި ބައެއް ގައުމުތަކުން ގުޅިފައިވާއިރު ސްނޯއާއި ގަދަފިނީގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *