ކަލާފާނާއި ގުރައިދޫ ސުކޫލު ކުޅުނު މެޗުގައި ސަޕޯޓަރުން ރެފްރީއަށް ހަމަލާދިނުން

އެފްއޭއެމް އިންޓަސުކޫލް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ ސުކޫލާއި ކަލާފާނު ސުކޫލުގެ 17 އަހަރުން ދަށުގެ ޓީމުން ކުޅުނު ސެމީ ފައިނަލް މެޗަށް ފަހު ސަޕޯޓަރުން ދަނޑަށް އަރާ ރެފްރީއަށް ހަމަލާދިން މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ކުށްވެރިކޮށްފިއެވެ.

މިނިސްޓްރީން މި ކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 6 ފެބުރުއަރީގައި ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުރިޔަށް ދިޔަ ސެމީ ފައިނަލް މެޗުގައި މެޗު ނިމުމުން ސަޕޯޓަރުންގެ ބަޔަކު ވަނީ ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކެއް ހިންގާފައި ކަމަށެވެ.

އިއްޔެގެ މެޗު ނިމުމުން ސަޕޯޓަރުން ހިންގި ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތައް މި މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި މިފަދަ އަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އިލްތިމާސް ކުރަން.

އަދި މި ފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުންގރ ކިބައިގައި އިޖްތިމާއީ އަދި އަހްލާޤީ ރިވެތި ސިފަ އަށަގެންނެވުމުގެ މަގްސަދުގައޖ ކުރިޔަށް ގެންދާ ހަރަކަތްތަކެއް ކަމަށެވެ.

އަދި މުބާރާތުގައި އެކި ހައިސިއްޔަތުން ބައިވެރިބާ ފަރާތްތަކުންރިވެތި ނަމޫނާ ފެނިގެން ދިއުމަކީ މިނިސްޓްރީގެ އެދުމެއް ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *