ކ. ގުރައިދޫ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް  ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގެ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވީނަމަވެސް، އެ ޤަޟިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި އިސްމެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލް މޫސާގެ ބަހުން އެނގޭތީއާއި، ބުނެވިދިޔަ ޤަޟިއްޔާގައި  އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާ ޢަމަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު) އާ ޚިލާފަށް ކަމަށް ބެލެވެންނެތް ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ނިންމީ  2023 ޖަނަވަރީ 29 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 8 ވަނަ ޖަލްސާގައެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *