ހުޅުމާލޭގައި ހުންނަ ފްލެޓްތަކެއް - ފޮޓޯ: މިހާރު

ސަރުކާރުން ކުރިޔަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން "ގެދޮރުވެރިކުރުން ޕްރޮގްރާމް" ގެ ދަށުން ދީފައިވާ ފްލެޓްތަކަށް އެކި ސަބަބުތަކާއި ހުރެ މަހު ކުލި  ނުދެއްކި ހުރި ފަރާތްތަކުން ރީ ޝެޑިއުލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގެދޮރުވެރިކުމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބިފައިވާ ފްލެޓްތަކަށް އެކި އެކި ސަބަބުތަކާއި ހުރެ މަހު ކުލި ނުދެއްކި ހުރި ފަރާތްތަކުން ދައްކަން ޖެހޭ އައުޓްސްޓޭންޑިން އާއި އެކު ކުލީގެ ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެގޮތުން މަހު ކުލި ރީޝެޑިއުލްކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ނިޔަލަށް ކަމަށެވެ.

ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ހުޅުމާލެ އާއި އަތޮޅުތެރޭގައި ދޫކޮށްފައިވާ ފްލެޓްތަކުންވެސް ކުލި ރީޝެޑިއުލްކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ހައުސިންގ މިނިސްޓްރީން މި ގޮތަށް ނިންމީ އެކި ސަބަބު ތަކާއި ހުރެ ކުލި ނުދެއްކި ހުރި މަސްތަކަށް އަރާފައިވާ ޖޫރިމަނާ އާއި ނުދެއްކި ހުރި ކުލި އެއްފަހަރާ ދައްކަން ޖެހުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *