ރިޔާސީ ބަޔާން އިއްވެވެވުމަށް ހުރަސް އަޅަނީ

މަޖިލީހުގެ ތަޅުމުން އިދިކޮޅު މެމްބަރުން ނެރުމުގައި އިއްޔެ ހަރަކާތްތެރިވީ ދިފާއީ ބާރުގެ ބޭފުޅުން ނޫންކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އިއްޔެ މަޖިލީހުގެ ޖަލްސާގައި ފިރިހެން މެމްބަރުން ނެރުމަށް އަންހެން ސެކިޔުރިޓީން ބޭނުންކުރި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

އެކަމާއި ގުޅޭގޮތުން ބައެއް މީޑިޔާތަކުން ޝާއިއުކުރި ހަބަރުތަކުގައި ރިޔާސީބަޔާން އިއްވެވި ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އެޅުމަށް ހަރަކާތްތެރިވި މެމްބަރުން އެސަރަހައްދުން ދުރަށް ގެންދިޔުމުގައި ހަރަކާތްތެރިވީ ގައުމީ ދިފާއީ ބާރުންކަމުގައި ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރިޔާސީ ބަޔާން އިއްވެވެވުމަށް ހުރަސް އަޅަނީ

އެކަން ފާހަގަކޮށް އެމްއެންޑީއެފްއިން ވަނީ ނަން އިއްވުމުން ޗެމްބަރު ތެރެއިން މެމްބަރުން ނެރުމުގައި ގައުމީ ދިފާއީ ބާރުން ހަރަކާތްތެރިނުވާކަމަށް ބުނެފައިވެއެވެ.

އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީން ކަމަށައި އަދި އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް ހުރަސް އެޅުމަށް ރިޔާސަތުގެ މޭޒުކޮޅު ކުރިމަތީގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ އަޑުގަދަކޮށްފައެވެ. އެގޮތުން ހަޅޭއްލަވައި، ކަށިގަނޑު ފުމެ ހަދަން ފެށުމުން އެމެމްބަރުންގެ ނަން އިއްވަވައި އެމެމްބަރުން ވަނީ ތަޅުމުން ބޭރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *