މ. މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗު ނަރިޝްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ޤަވާއިދާއި ހިލާފަށް ކުރިޔަށް ގެންދިއުމާއި ގުޅިގެން އީޕީއޭއިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޑެޓް ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޑިފުށީގައި ކޯސްޓަލް ޕްރޮޓެކްޝަން އަދި ބީޗް ނަރިޝް ކުރުމުގެ މަޝްރޫއުގެ އީ.އައި.އޭ މަރުހަލާ ފުރިހަމަ ކުރުމަކާއި ނުލައި، އަދި ތިމާވެށީގެ ކްލިއަރެންސް ހޯއްދެވުމަކާއި ނުލައި ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން އީޕީއޭއިންހަދާފައިވާ ގަވާއިދު، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ ދަށުން ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައެޅިފައިވާ 20،000.00 (ވިހި ހާސް) ރުފިޔާއިން މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޑެޓް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.
ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ މި އެޖެންސީއަށް ކައްކައި ހަލާސްކުރުމަށް 5 ޖެނުއަރީ 2023 ގައި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޑެޓަށް އަންގައިފިއެވެ.