ފޮޓޯ: އޭޕީ

ތުރުކީ އާއި ސީރިއާއިން މިއަދު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދުން 2400 އަށް އަރާފައިވާ ކަމަށާއި އަދިވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރެސްކިއު ޓީމުތަކުން ބުނެފިއެވެ.

ތުރުކީގެ ކަމާބެހޭ އިދާރާތަކުން ޔަގީންކޮށްދީފައިވާ ގޮތުގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 1651 އަށް އަރާފައެވެ. ސީރިއާއިން މަރުވި މީހުންގެ އަދަދު ވަނީ 810 އަށް އަރާފައެވެ.

7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އުފެދުނު ބިން ހެލުން ތުރުކީ އާއި ސީރިއާއަށް އަރާފައިވަނީ 7.6 މެގްނިޓިއުޑްގައެވެ. ބިންހެލުމުގެ ލޮޅުންތައް އަވައްޓެރި އެހެން ގައުމުތަކަށްވެސް އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ފަތިހުގެ ވަގުތެއްގައި އައި މި ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 11،119 އަށް އަރާފައެވެ. 3471 އިމާރާތް ވެއްޓި ފުނޑުފުނޑުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާއިރު އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެއެވެ.

އެތަށްހާސް ބަޔަކަށް މި ބިންހެލުމުގެ އަސަރުކޮށްފައިވާއިރު ތުރުކީން ވަނީ އަސާސީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމުތަކަށް ގޮވާލަފައެވެ.

ތުރުކީގެ މި ގޮވާލުމަށް އިޖާބަދެއްވާ އެމެރިކާ އާއި ގްރީކް ފަދަ ގައުމުތަކުން އަންނަނީ ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތއް ޖޯ ބައިޑެން ވަނީ އެގައުމުގެ ސިފައިން ފޮނުވާފައެވެ.

ތުރުކީއަށް ބިންހެލުން އައި ސަރަހައްދަކީ ފިނިމޫސުމުގެ ސަބަބުން ސްނޯ ފައިބާ ސަރަހައްދެކެވެ. އެހާ ފިނި އިރު އާންމުންނަށް ބޭރުގައި ތިބެން ދަތިވެފައިވާއިރު ތުރުކީން ވަނީ ކާބޯތަކެއްޗާއި ޓެންޓްފަދަ ހިޔާވަހިކަމަކާއި، ކުނަލާއި، ވިއްސާރަކޯޓު އަދި އިލެކްޓްރިކް ހީޓަރުތައްފަދަ ތަކެތި ހާލުގައި ޖެހުނު އާއިލާތަކަށް ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *