ކަލާފާނާއި ގުރައިދޫ ސުކޫލު ކުޅުނު މެޗުގައި ސަޕޯޓަރުން ރެފްރީއަށް ހަމަލާދިނުން

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިޔަށްދިޔަ އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ހަމަނުޖެހުން ހިންގި މައްސަލަ ބަލާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މިއަދުގެ މެޗު ނިމުނު ވަގުތު ސަޕޯޓަރުންތަކެއް ވަނީ ދަނޑު މައްޗަށް އަރާ ރެޕްރީއަށް ހަމަލާދީފައެވެ. މި މެޗުގައި ކުޅުނީ 17 އަހަރުން ދަށުގެ،ކ. ގުރައިދީ ސުކޫލް ޓީމާއި، ކަލާފާނު ސުކޫލުގެ ޓީމެވެ.

މި މެޗުގައި ގުރައީދޫ ބަލިކޮށް ކަލާފާނުން ވަނީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ. އެކަމާއި ހިތްހަމަނުޖެހިގެން ގުރައިދޫ ސުކޫލް ޓީމުގެ ބައެއް ސަޕޯޓަރުން ވަނީ ދަނޑުމަތީގައި ރެފްރީއަށް ހަމަލާދީ ހަމަނުޖެހުން ހިންގާފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *