މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވި ހާދިސާގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް، ޕްރޮފެޝަނަލް ސްޓަންޑަރޑްސް ކޮމާންޑުން ކުރިޔަށް ގެންދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިންނަށް އަނިޔާވި މައްސަލައިގައި ނޫސްވެރިން ފުލުހުންނާއި ދުވާލުކުރުން މިރޭ ފުލުހުންގެ ފަރާތުން ވިދާޅުވީ، 2 ނޫސްވެރިއަކަށް އަނިޔާވެފައި ވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ނުބެލެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑް ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރަން.
ފުލުހުން މުޒާހަރާއި ރޫޅާލުމުގެ ތެރޭގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައިވެއެވެ. އެތަނުން އެއް ނޫސްވެރިއަކަށް އަދިވެސް ފަރުވާދެމުންދާކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫންވެރިންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުންގެ އުނދަގޫތަކާއި ޖެއްސުންކުރުންތައް ފެނިގެން ދިޔައެވެ.