ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އީސީ އިން ވަނީ ތަމްރީނުތަކެއް ކުރިޔަށް ގެންގޮސްފައި -- ފޮޓޯ: އީސީ

ރިސޯޓްތަކާއި ސިނާއީ މަސައްކަތްތައް ކުރިޔަށް ގެންދާ ރަށްރަށުގައި މަދުވެގެން 30 މީހުން ރަޖިސްޓްރީކުރާނަމަ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަހަރު ނިންމާފައިވަނީ ރާއްޖޭނޭ ބޭރުގައި ދިވެހިން އާންމުކޮށޤ ދިރިއުޅޭ ގައުމުތަކުގައި 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިނަމަ އެގައުމުތަކުގައިވެސް ވޯޓު ފޮށި ބަހައްޓާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާގޮތުގައި މިގޮތަށް ނިންމާފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ލިބިދިނުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ 150 މީހުން ރަޖިސްޓްރީ ކުރާ ގައުމުތަކުގައި އަދި ރާއްޖޭގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓެއް ގާއިމުކޮށްފައިވާ ހުންނަ ގައުމުތަކުގައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓޭއިރު މިފަހަރު 55 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންދާޒާ ކުރެއެވެ.

އަދި 12 ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް ލަފާކުރެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާއިރު ރިޔާސީ އިންތިހާބަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދާ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތަށް އެކޮމިޝަން ވަނީ ތައްޔާރުވެފައެވެ.

އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ރީ ރަޖިސްޓަރކުރުމުގެ އިންތިޒާމްތައް ހަމަޖައްސާ ޖުލައިމަހުގެ 16 އިންފެށިގެން އޮގަސްޓް 5 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު ހުޅުވާލުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ތައްޔާރުވަމުންނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *