ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ތުރުކީގެ ރައީސް އުރުދުޣާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތުރުކީވިލާތުގެ ރައީސް، ރަޖަބް ތޮއްޔިބު އުރުދުޣާން އަށް ހަމްދަރުދީ ފޮނުއްވައިފިއެވެ.

މިއަދު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައްބަޔަކު މަރުވުމާއި ގުޅިގެން ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީ އާއި ތައުޒިޔާ ފޮނުއްވާ ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ތުރުކީ ސަރުކާރާއި  ތުއްރުކީގެ ރައްޔިތުންނާއި އެކުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ތުރުކީއަށް ބާރުގަދަ ބިންހެލުމެއް، މަރުވި މީހުންގެ އަދަދުތައް މައްޗަށް

ތުރުކީވިލާތަށް މިއަދު އައި ބިންހެލުމަކީ 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. ގިނަ އަދަދެއްގެ އިމާރާތްތަށް ފުނޑުފުނޑު ބައެއް އިމާރާތްތަކުގެ ބައިތައް ވެއްޓި އަރި އަޅާލާލާފައިވާއިރު ބައެއް ސަރަހައްދުތަކުގެ މަގުތައްވެސް ވަނީ ބަނދުވެފައެވެ. އަދި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެ ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ.

މިއަދު ތުރުކީ އާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 1300  އަރާފައެވެ. އޭގެތެރޭގައި ތުރުކީ އިން މަރުވި މީހުންގެ އަދަދު 912 އަށް އަރައެވެ.  އަދި 467 މީހުން މަރުވީ ސީރިއާއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *