އިދިކޮޅު ކޯލިޝަންގެ މުޒާހަރާއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ރިޔާސީ ބަޔާން އިއްވުމާއި ދިމާކޮށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގެ މަގުތައް މަތީގައި އިހުތިޖާޖުކޮށްފައެވެ.
އިހުތިޖާޖުގެ ބައިވެރިން އަޑު އުފުލާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކާއި ދެކޮޅަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށްވެސް ގޮވާލާފައިވެއެވެ.
މިއިހުތިޖާޖުތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ޗެނަލް 13ގެ ދެ ނޫސްވެރިއަކަށްވެސް އަނިޔާވެފައިވާކަމަށް މައުލޫމާތުލިބެއެވެ.
We are concerned that two Channel 13 journalists were injured while covering the protest. The media-credentialed videographer and photojournalist were sprayed with pepper spray and struck by police shields. One of the journalists is currently being treated in hospital. pic.twitter.com/RpbNKNVJBl
— Maldives Journalists Association (@mjamaldives) February 6, 2023
މިކަމާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއިން ނެރުނު ބަޔާނުގައި ފުލުހުންގެ ޝީލްޑްއިން ޖެހުމުގެ ސަބަބުން އެމީހުންނަށް އަނިޔާވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ޕެޕަރ ސްޕްރޭގެ އަސަރުވެސް އެމީހުންނަށް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
އިދިކޮޅު އިހުތިޖާޖުގެ ބައިވެރިންވެސް ވަނީ ބައެއް މީޑިޔާތަކުގެ ނޫސްވެރިންނަށް ފުރައްސާރަކޮށް ފެންފުޅި ފަދަ ތަކެތި އުކާފައެވެ.