ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ޖޫން މަހުން ފެށިގެން ބޮޑުކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވައިފިއެވެ.

އިޖްތިމާއީ ދާއިރާއިން މިހަތަރު އަހަރުތެރޭ ހާސިލްކުރެވުނު ބައެއް ކަންކަމަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ އަމާންވެށީގެ 7 މަރުކަޒު ގާއިމްކޮށް އެތަންތަނަށް ކުދިން ބަދަލުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ލާމަރުކަޒީ އިންތިޒާމެއްގެ ދަށުން މުޅިރާއްޖެއަށް ބޭނުންވާ އިޖްތިމާޢީ ހަރަކާތްތެރިންގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވައި 19 އަތޮޅެއްގައި ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުތަކަކީ މިކަމަށް ޚާއްސަ މަރުކަޒުތައްކަމަށް ވިދާޅުވިއެވެ.

"އެ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުންފެށިގެން ބޮޑުކުރާނަން. އަދި އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މިހަފްތާތެރޭ ހުޅުމާލޭގާ ހުޅުވިގެންދާނެ"

ހުޅުމާލޭ ހާފްވޭ ހައުސްގައި އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ތަޢާރަފް ކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި ހާފްވޭ ހައުސްގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމް މިދިޔަ މާޗް މަހު މާފުށީ ޖަލުގައި ވަނީ ފަށާފައެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް މިހާތަނަށް އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ މަސައްކަތް ރައީސް ސޯލިހުގެ ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގައި މިފަދަ ސެންޓަރުތައް ގާއިމްކުރީ މިސަރުކާރުންނެވެ.

ރައީސް ވަނީ ސެންޓަރ ފޮރ މެންޓަލް ހެލްތް މި ސަރުކާރުން ގާއިމްކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުންކަން ފާހަގަކުރައްވާއެވެ.

"މިހާތަނަށް 60،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން ހަދައިފި. 3,000 އަށްވުރެ މަތީގާއޮތް ވެއިޓްލިސްޓް 411 އަށް ދަށްކުރެވިއްޖެ. ރާއްޖޭގެ 5 ސަރަހައްދެއްގައި މެންޓަލް ހެލްތު ޚިދުމަތް ޤާއިމުކޮށްފިން"

މީގެ އިތުރުން 30 އެނދުގެ ހޮސްޕިޓަލް 12 ރަށެއްގައި އަދި 50 އެނދުގެ ހޮސްޕިޓަލްތައް 6 ރަށެއްގައި އިމާރާތް ކުރުމަށް ރައީސްވަނީ ވައުދުވެވަޑައިގެންފައެވެއ. އަދި ސިއްހީ ދާއިރާއިން މުޅި ރާއްޖެއާ މެދު ސަރުކާރު ގެންގުޅޭ ތަސައްވަރު ފުރިހަމަވާނީ މިހުރިހާ ހޮސްޕިޓަލްތަކާއެކުގައިކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *