ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ.
އެރަށު ކައުންސިލުން މައުލޫމާތު ދެމުން ބުނެފައިވަނީ އެމީހާ މަރުވެފައިވަނީ، އެކަނި މަސް ބާނަން ގޮސް އުޅެނިކޮށް ކަމަށެވެ.
ނިޔާވެފައި ވަނީ 60 އަހަރުން މަތީގެ ފިރެހެނެކެވެ. އޭނާގެ ހަށިގަނޑު މޫދުން ފެނިފައިވަނީ މިއަދު މެންދުރުފަހު 3:00 ހާއިރެވެ.