އޮސްޓްރޭލިޔާގެ ޕަރތްގައި އޮންނަ ސްވޯން ރިވަރ

މިޔަރުގެ ހަމަލާއެއްގައި އޮސްޓްރޭލިޔާގައި އަންހެން ކުއްޖަކު މުރުވެއްޖެއެވެ.

ނިޔާވެފައިވަނީ ޕަރތްއަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ.

އެކުއްޖާ ދިޔައީ އޮސްޓްރޭލިޔާގެ ހުޅަނގު ފަރާތުގައި އޮންނަ ސްވޯން ރިވަރ ނަމަކަށް ކިޔަ ކޯރެއްގައި ރައްޓެހިންނާއެކު ޖެޓްސްކީ ދުއްވަމުންނެވެ. ބެލެވޭ ގޮތުގައި އެކުއްޖާ ޖެޓްސްކީ ދުއްވަން އުޅުމަށްފަހު އެސަރަހައްދުގައި އުޅުން ކޯމަސްތަކެއް ކައިރިއަށް ދިޔުމަށް ކޯރަށް ފުންމާލީއެވެ.

އެސަރަހައްދަކީ އާންމުގޮތެއްގައި މިޔަރު އުޅޭ ސަރަހައްދެއް ނޫންކަމަށް ތަޖުރިބާކާރުންނާއި ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އެހެންނަމަވެސް އެސަރަހައްދާއި ކައިރި ބީޗުތަކަށް ދިޔުމުގައި އާންމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިޔަރުގެ ހަމަލާތަކުގައި މީހުން މަރުވުމަކީ އޮސްޓްރޭލިއާގައި އެހާ އާންމުކަމެއް ނޫނެވެ. މިއީ 1923 ވަނަ އަހަރަށްފަހު ސްވޯން ރިވަރގައި މިޔަރެއްގެ ހަމަލާއަކާއި އިންސާނަކު ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ. 1923 ވަނަ އަހަރު މިޔަރެއްގެ ހަމަލާއަކާއި ގުޅިގެން 13 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ނިޔާވެފައެވެ.

އޮސްޓްރޭލިޔާގެ ރައްޔިތުންނަށް އާންމުގޮތެއްގައި އަހަރެއްގެ މައްޗަށް ވިއްސަކަށް މިފަދަ ހަމަލާއާއި ކުރިމަތިލާން ޖެހެއެވެ. އާންމުކޮށް މިފަދަ ހާދިސާތައް ފެންމަތިވަނީ ހުޅަނގު އޮސްޓްރޭލިޔާ އަދި ނިއު ސައުތު ވޭލް ސަރަހައްދުގައެވެ. 2020 ގައި ނުރައްކާތެރި ދެ ހަމަލާއެއް އަދި 2021 ގައި ނުރައްކާތެރި ހަތް ހަމަލާއެއް އޮސްޓްރޭލިޔާގައި ފެންމަތިވިއެވެ.

އެހެންނަމަވެސް މިޔަރުގެ ހަމަލާތަކުގައި އިންސާނުން މަރުވުމަކީ ނާދިރުކަމެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ. ފާއިތުވި 100 އަހަރަށް ބަލާއިރު މިފަދަ ހަމަލާތަކުގައި އިންސާނުން މަރުވާ ނިސްބަތް އުޅެނީ 0.9 އިންސައްތައިގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *