ޗައިނާ ފަތުރުވެރިން އެކި ގައުމުތަކުގައި

ޗައިނާ ފަތުރުވެރިން ކޮވިޑަށް ޓެސްޓުކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބާރުއަޅައިފިއެވެ.

ޗައިނާއިން ދަތުރުކުރާ ހުރިހާ ފަތުރުވެރިންވެސް ނެގެޓިވް ކޮވިޑް ނަތީޖާއަކާއެކު ގައުމުތަކަށް ދަތުރުކުރުމަށް، އެގޮތަށް އުސޫލުތައް ހެދުމަށް އީޔޫއިން ވަނީ ގައުމުތަކަށް އިލްތިމާސްކޮށްފައެވެ.

ޗައިނާގެ ޒީރޯ ކޮވިޑް ޕޮލިސީ އުވާލައި، އެގައުމުގެ ރައްޔިތުންނަށް އެހެން ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ދީފައިވަނީ ދާދިފަހުންނެވެ.

އެހެންނަމަވެސް، އެގައުމުގެ ބޯޑަރުތައް ހުޅުވާލާފައިމިވަނީ އެގައުމުގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް ކޭސްތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެކަމަށް ސަމާލުވުމަށް ގައުމުތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތަކުން ނެގެޓިވް ނަތީޖާއަކާއެކުގައި މެނުވީ ދަތުރުނުކުރެވޭ ގޮތް ހެދުމާއި، ކަރަންޓީނު ކުރުމަށް އުސޫލުތައް ކަނޑައަޅާފައިވާއިރު ބައެއް ގައުމުތަކުން ޗައިނާ ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.

އީޔޫއިން ވަނީ ޗައިނާ ފަތުރުވެރިންނަށް މާސްކް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ރެންޑަމް ޓެސްޓިން ހެދުމަށްވެސް އީޔޫއިން ބާރުއަޅައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންއިން ވަނީ ނިމުނު ޑިސެމްބަރުން ފެށިގެން މިހާތަނަށް 22 މީހުން ކޮވިޑުގައި ނިޔާވެފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް ޗައިނާގައި ކޮވިޑް ފެތުރެމުންދާ މިންވަރަށް ބަލާއިރު އެއަދަދުތަކަކީ ސައްހަ އަދަދެއް ނޫންކަމަށް ގައުމުތަކުންނާއި ބައިނަލްއަގްވާމީ މީޑިޔާތަކުން ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *