އިއްޔެ ޗައިނާއިން އައި ފަތުރުވެރިން

ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ޗައިނާގެ އީސްޓަން އެއާލައިނުން އިއްޔެ ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ.

އެއަރލައިނުން ރާއްޖެއަށް ދަތުރުކުރަނީ ޝަންހާއީ ޕުޑޮންގ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށެވެ.

މިއެއާލައިންގެ ފުރަތަމަ ފްލައިޓުން ރާއްޖެއަށް 207 ފަތުރުވެރިން އައިސްފައިވެއެވެ. މިއެއާލައިނުން ހަފްތާއަކު އެއް ދަތުރުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ކޮވިޑަށްފަހު ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ޗައިނާއިން ރާއްޖެއަށް ފުރަތަމަ އައިސްފައިވަނީ ބެއިޖިން ކެޕިޓަލް އެއާލައިންގެ ޖަމްބޯ ޖެޓެކެވެ. އެމީހުންނަށް މަރުހަބާ ކިޔުމަށް ވޯޓަރ ސެލިޔުޓްއެއް ދީފައިވެއެވެ.

ކޮވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ ގައުމެވެ.2019 ވަނަ އަހަރު އެގައުމުން ރާއްޖެއަށް 284،029 ފަތުރުވެރިން އައިސްފައިވެއެވެ.

ކޮވިޑަށްފަހު ދަތުރުތައް ފެށިއިރު، ފުރަތަމަ ފަސް ދުވަހުގެ ތެރޭގައިވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓަށް ވަނީ އަރާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *