މީހަކު ސައިކަލު ދުއްވަން ދަސްކުރަނީ -- ފޮޓޯ: މިހާރު

އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލްކުރުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށައިފި އެވެ.

މި މިއީ ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފަސޭހަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަތް ތަޢާރަފް ކުރި ޚިދުމަތެކެވެ.

މިއަދުން ފެށިގެން އަލަށް ލައިސަންސް ދޫކުރާއިރު ދޭނީ ޑިޖިޓަލް ލައިސަންސް ކާޑެކެވެ. ނަމަވެސް ބޭނުންވާ މީހުންނަށް ކާޑު ޕްރިންޓުކޮށްދޭނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް ފަރުމާކުރެވުނު އާ ސޮފްޓްވެއާއެކު ފުލުހުންގެ މޯބައިލް އެޕްލިކޭޝަން "ޕޮލިސް އެމްވީ"އިން އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑިޖިޓަލް ލައިސަންސް ފެންނަން ހުންނާނެއެވެ. އަދި މުއްދަތު ހަމަނުވާ ކޮންމެ ލައިސަންސެއް ފުލުހުން ބަލައިގަންނާނެއެވެ.

އަލަށް ތައާރަފު ކުރެވުނު މި ސޮފްޓްވެއާގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *