ޅ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލަސިސްގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް މިއަދު އެހޮސްޕިޓަލުގައި ފަށާފައި މިވަނީ އެމްޑަބްލިއުއެސްސީ އަދި ގަމު ހޮސްޕިޓަލްގެ އެހީތެރިކަމާއެކުގައެވެ.
ނައިފަރުގައިގައި ގާއިމްކޮށްފައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލްސިސް ސެންޓަރު ގާއިމްކޮށްފައިވަނީ އެމްޑަބްލިއުއެސްސީގެ ސީއެސްއާރުގެ ދަށުންނެވެ. ސެންޓަރުގެ މަސައްކަތް ނިންމައި ސެންޓަރު ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
މި ސެންޓަރުގައި 3 ޓްރީޓްމަންޓް އެނދު ގާއިމްކޮށްފައިވާއިރު އެއްފަހަރާ 3 ބަލި މީހުންނަށް މި ސެންޓަރުން ފަރުވާ ދެވޭނެއެވެ.
މިއީ ސިއްހީ ފަރުވާގެ ހިދުމަތްތައް ލާމަރުކަޒުކޮށް އަތޮޅު ތެރޭގައި މިފަދަ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ގާއިމްކުރި ސެންޓަރެކެވެ.